ކުޅިވަރު

ފީފާ އިންތިހާބު ދެވަނަ ބުރަކަށް


މިހާރު ކުރިއަށްދާ ފީފާ އިންތިޚާބު ދެވަނަ ބުރަކަށް ހިނގައްޖެއެވެ. ފީފާގެ ރައީސަކު އިންތިޚާބު ކުރެއްވުމަށް ބާއްވާ އިންތިހާބު ދެވަނަ ބުރަކަށް ދިޔައީ އެއްވެސް ބޭފުޅަކަށް ތިންބައިކުޅަ ދެބައި ވޯޓް ނުލިބުމުންނެވެ.

ފީފާހެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ލިބުނު ގޮތަށް ބަލާއިރު، ޖޯޑަންގެ ޕްރިންސް އަލީއަށް ލިބިލެއްވީ 27 ވޯޓެވެ. ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާއަށް ލިބިލެއްވީ 85 ވޯޓެވެ. ޖެރޯމް ޝެމްޕޭންއަށް 7 ވޯޓް ލިބިލެއްވިއިރު ޔޫއެފާގެ ޖެނެރަލް ސެކެޓްރީ ޖިއާނީ އިންފަންތީނޯއަށް ލިބިލެއްވީ 88 ވޯޓެވެ. މިއީ ފިފާގެ ރައީސް ކަމަށް 1998ވަނަ އަހަރުގެ ފަހުން ސެޕް ބްލެޓަރ ނޫން އެހެން ބޭފުޅަކު އިންތިހާބު ކުރެވޭ ފުރަތަމަ ފަހަރެވެ.

ފީފާ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މިހާރު ކުރިއަށް އެބަދެއެވެ، ފީފާ އިންތިހާބުގައި ވޯޓް ދޭނީ މެމްބަރު 209 ޤައުމުގެ ތެރެއިން 207 ޤައުމުންނެވެ. ވޯޓްގައި ބައިވެރި ނުވާނީ ސަސްޕެންޑްކޮށްފައިވާ ކުވެއިތާ އިންޑޮނީޝިއާއިންނެވެ. އިންތިހާބު ކާމިޔާބުކުން ބޭނުންވާނީ 104 ވޯޓެވެ.