ޚަބަރު

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އަމްރު ވަކިކުރަން ނިންމައިފި


ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ހުސެއިން އަމްރު ވަކިކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެސްޓީއޯގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އަމްރު ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީއަށް ފޮނުވާފައިވާކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި އަމްރު މަޤާމުން ވަކިކުރަން ނިންމާފައިވަނީ އެފަދަ ބަދަލެއްގެ ތެރެއިންކަމަށެވެ.