ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައިފި


ރިޔާސީ އިންތިޚާބަށް އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު ޕާޓީގެ އިސްލީޑަރު އަދި ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލާއި، ޕީޖީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްވެސް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ކޯލިޝަން ހެދުމަށް މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްޑީއޭއިން ނިންމާ އެކަންވަނީ ހާމަކޮށްފައެވެ.