ޚަބަރު

އައިސީޖޭއާ ގުޅިގެން ފަޑިޔާރުންނަށް ބާއްވާ ބައްދަލުވުމެއް ރާއްޖޭގައި


އަންހެނުންނަށް އަދުލު އިންސާފު ހޯދުމަށް ހުރި ދަތިތައް ނައްތާލުމަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން ތަފްޞީލު ގޮތެއްގައި ވާހަކަދެއްކުމަށް ފަނޑިޔާރުންގެ ޑައިލޮގެއް ފަށައިފިއެވެ.

"ރީޖަނަލް ކޮންސަލްޓޭޝަން އޮން ދަ އެޑަޕްޝަން އޮފް ދަ ބެންކޮކް ޖެނެރަލް ގައިޑަންސް ފޮރ ޖަޖަސް އޮން އެޕްލައިންގ އަ ޖެންޑަރ ޕަރސްޕެކްޓިވް އިން ސައުތު އެންޑް ސައުތުއީސްޓް އޭޝިއާ" ގެ ނަމުގައި ކުރިއަށްގެންދާ މި ޑަޔަލޮގްއަކީ މާދަމާގެ ނިޔަަލަށް ކުރިއަށްދާ ޑައިލޮގްއެކެވެ.

މި ޑަޔަލޮގްއަކީ އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައި.ސީ.ޖޭ) އާއި ދިވެހިރާއްޖޭގެ ޖުޑިޝާރީއާ ގުޅިގެން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ޑަޔަލޮގްއެކެވެ.

"ބެންގކޮކް ޖެނެރަލް ގައިޑެންސް" ގައި ފަނޑިޔާރުން މައްސަލަތައް ނިންމާއިރު މިންތީގެ ހަމަހަމަކަމުގެ ނަޒަރިއްޔާތު ތަޠުބީޤުކުރުމަށް ފަނޑިޔާރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު ގޮތްތަށް ބަޔާންކޮށްފައިވާއިވެއެވެ. މިޑަޔަލޮގްގައި ބައިވެރިވާ ބޭފުޅުން ނިސްބަތްވާ ޤައުމުތަކުގެ އަންހެނުންނަށް އަދުލު އިންސާފު ހޯދުމަށް ހުރި ދަތިތަކާ، ދަތިތައް ނައްތާލުމަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން ތަފްޞީލު ގޮތެއްގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވެއެވެ. އަދި މި ޑަޔަލޮގްގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރުމަށް ވަކިވަކި ޤައުމުތަކުން އަޅަމުންދާ އަދި ކުރިއަށް އޮތްތާގައި އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވިގެންދާނެއެވެ.

މި ޑަޔަލޮގް ކުރިއަށް ގެންދަނީ އެކި ސެޝަންތަަކަކަށް ބަހާލައިގެންނެވެ. އެގޮތުން ސައިބަރ ކްރައިމްސް، އޮންލައިން ޖެންޑަރ ބޭސްޑް ވަޔޮލަންސް އެންޑް ދަ ޕްރޮޓެކްޝަން އޮފް ވިމެން އިން ދަ ކޮންޓެކްސް އޮފް ދަ ޔޫސް އޮފް ޓެކްނޮލަޖީ ޓު އެންހޭސް ވިމެންސް އެކްސެސް ޓު ޖަސްޓިސް" ސެޝަންގެ ކޮމެންޓޭޓަރ އެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި މީގެ އިތުރުން އިތުރު ދެ ޝެޝަންއެއްގައި ދިވެހިރާއްޖޭގެ ފަނޑިޔާރުން ވާހަކަފުޅު ދައްކަވާނެއެވެ.

2 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ މި ޑަޔަލޮގްގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ އިތުރުން ސްރީލަންކާ، ނޭޕާލް، އިންޑޮނޭޝިއާ، ފިލިޕީންސް، ޕާކިސްތާން، އިންޑިއާ، ބަންގްލަދޭޝް، ޓިމޯރް ލެސްޓޭ އަދި ތައިލެންޑްގެ ސުޕްރީމް ކޯޓު، ހައިކޯޓު އަދި ޑިސްޓްރިކްޓް ކޯޓުތަކުގެ ފަނޑިޔާރުން ހިމެނޭގޮތުން، ޖުމްލަ 40 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު، ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ހައި ކޯޓުގެ ފަނޑިޔާރު ދީބަނާޒް ފަހުމީ، ސިވިލް ކޯޓުގެ ޤާޟީ އަޙްމަދު ޢަބްދުލްމަތީން އަދި ފެމިލީ ކޯޓުގެ ޤާޟީ މަޢީޝާ ޔޫސުފް ސަމީރުއެވެ.