ޚަބަރު

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހޯދަނީ


ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިޢުލާނުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން، މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިޙް ނިޡާމެވެ. އޭނާ ހޯދަމުންދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

އިބްރާހީމް ފައިޙް ނިޡާމު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ހޯދިފައިނުވަތީ، އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ ހިއްސާކުރުމަށް

ވެތުވެ ދިޔަ ދުވަސްތަކަށް ބަލާއިރު މާލެ ސަރަޙައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގާ، މީހުން ގިނައިން އެއްވާ ސަރަޙައްދުތައް މޮނިޓާކޮށް ބެލުމުގެ މަސައްކަތް ކުރަމުންނެވެ.