ޚަބަރު

ކޮލަމާފުށިީގެ ޕްރިންޓް ކުރާތަނުގައ ރޯވީ ކަރަންޓް ޝޯޓެއް ވެގެން


ގއ. ކޮލަމާފުށީގެ ޕްރިންޓް ކުރާތަނެއްގައި އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށް ކޮލަމާފުށީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޝަހާމަތު ވިދާޅުވީ ކޮލަމާފުށީގެ ޕްރިންޓްކުރާތަނުގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނުވާ ކަމަށެވެ.

މިއަދު މެންދުރު 12:19 ހާއިރު ރޯވި އަލިފާން ޕްރިންޓް ކުރާތަނުގައި ރޯވި އަލިފާން ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުންވަނީ ނިއްވާލާފައެވެ. މިއަލިފާނުގެ މިހާދިސާގައި އެތަންވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މިހާދިސާގައި ލިބުނު ގެއްލުން 6 އާއި 8 މިލިއަނާއި ގާތްކުރާނެ ޝަހާމަތު ވިދާޅުވިއެވެ.

މިހާދިސާ ހިނގިގޮތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ ތަޙްޤީގު ކުރަމުންނެވެ.