ޚަބަރު

ކައްދޫއަށް ދަތުރުކުރި މަތިންދާބޯޓެއް އަނބުރާ މާލެއަށް!


މާލެ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން މިއަދު ކައްދޫއަށް ދަތުރު ކުރަމުން ދިޔަ މަތިންދާ ބޯޓަކަށް މައްސަލައަކަށް ދިމާވެގެން އަނބުރާ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓަށް ޖައްސައިފިއެވެ.

އެމޭޖެންސީގައި ޖެއްސީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ އައިއޭއާރު މަރުކާގެ މަތިންދާ ބޯޓެކެވެ.

މި ބޯޓް އެމާޖެންސީކޮށް ޖެއްސުމާއެކު މަތިންދާބޯޓަށް ދިމާވެފައިވާ މައްސަލަ ޓެކްނިކަލް އެންޖިނިއަރިން ޓީމުން ބަލަމުންދާކަމުގައި މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ބޯޓުގައި ތިބި ފަސިންޖަރުން އެހެން ބޯޓެއްގައި މިހާރު ކައްދޫއަށް ފުރުވާލާފައިވާކަމަށެވެ.