ކުޅިވަރު

ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ދެ އުމުރުފުރާގެ ޗެމްޕިއަނަކަށް ޖަމާލުއްދީން


ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި ހަވަނަ އިންޓަރ ސކޫލް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލުން ހޯދައިފިއެވެ.

މުބާރާތުގެ 15 އަހަރުންދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލް ހޯދީ ފައިނަލުގައި އަމީނިއްޔާ ސްކޫލާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު ތިން ޕޮއިންޓުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. މި މެޗު ޖަމާލުއްދީން ކާމިޔާބުކުރީ 18-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދީންގެ އުއްމީދީ ކީޕަރު އަހުމަދު އިކްމާލް ނަސީރެވެ.

ޖުމްލަ 13 ސްކޫލާއެކު ކުރިޔަށްދިޔަ މި އުމުރުފުރާގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވުނީ ޖަމާލުއްދީންގެ އަލްހާން ފައިސަލް އަމީން އާއި އިނާން ތޮލްހަތު މުހައްމަދު އަދި އަމީނިއްޔާގެ އާހިލް އިހުސާން އެވެ.

މުބާރާތުގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީން ފައިނަލުގައި އިސްކަންދަރުގެ މައްޗަށް 26-18 އިން ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދީންގެ އަލްދާން އައިކް ރަމީޒް އެވެ. މި އުމުރުފުރާގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ޖަމާލުއްދީންގެ އައިކް އާއި ގޯލްކީޕަރު އަބްދުﷲ ރަޒީފް މުހައްމަދު އަދި އިސްކަންދަރު ސްކޫލުގެ ސައްޔިދު ސަލާހުއްދީނެވެ.

ހޭންޑްބޯލްގެ ތާރީހުގައި މިއީ މިހާ ގިނަ އަދަދެއްގެ ސްކޫލުތަކެއް ބައިވެރިވި އަހަރެވެ. މި މުބާރާތުގެ 15 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން އަހްމަދިއްޔާ ހޯދިއިރު ފިރިހެން 17 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދީ އއ. އަތޮޅު ތައުލީމީ މަރުކަޒެވެ.