ޚަބަރު

މުހިއްމު މަޝްވަރާތަކަކަށް މިނިސްޓަރ ޝާހިދު އިނގިރޭސިވިލާތަށް


މުހިއްމު މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރ އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި ކޮމަންވެލްތު ޤައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެ ޤައުމުގެ ސަރުކާރުގެ މިނިސްޓަރުންނާއި ބައްދަލުކުރައްވާ، އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދު ލަންޑަނަށް ވަޑައިގަތީ ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދިޔަ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށާއި، ޖަރުމަނުވިލާތުގެ ބާރލިންގައި ކުރިއަށްދިޔަ އައި.ޓީ.ބީ ފެއަރގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޤަޠަރަށާއި ޖަރުމަނުވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ.