ޚަބަރު

މާލީ ނިޒާމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެގްޒިބިޝަނެއް


އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން، އިސްލާމިކް މާލީ ނިޒާމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެގްޒިބިޝަނެއް ފަށައިފިއެވެ. މި އެގްޒިބިޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެނޭޖިންގ ޑައިރެކްޓަރ މުފައްދަލް އިދްރިސް ކުމާރީއެވެ.

މި އެގްޒިބިޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، މި އެގްޒެބިޝަންގެ ސަބަބުން ފަހުގެ ޓެކްނޮލޮޖީއަށް އައި ބަދަލުތަކުން ފަހުގެ ޖީލުތަކަށް ފަސޭހަވަނެ ގޮތްތަކެއް ހުރިކަމަށެވެ.

"މި އެގްޒެބިޝަންގެ ސަބަބުން ފަހުގެ ޓެކްނޮލޮޖީއަށް އައި ބަދަލުތަކުން ފަހުގެ ޖީލުތަކަށް ފަސޭހަވަނެ ގޮތްތަކެއް ހުރިކަމަށް " އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.

މި އެގްޒިބިޝަނަކީ އިސްލާމިކް މާލީ ނިޒާމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، މިދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ އެގްޒެބިޝަނެކެވެ. މި އެގްޒިބިޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ބީއެމްއެލް އިސްލާމިކް، އަޔާދީ ތަކާފުލް، އަމާނާ މޯލްޑިވްސް، އެޗް.ޑީ.އެފް.ސީ، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓަރ ފޯރ އިސްލާމިކް އިކޮނޮމިކްސް ގުޅިގެންނެވެ.

މި އެގްޒިބިޝަންގައި އިސްލާމީ މާލީ ނިޒާމްގައި ހުރި އުފެއްދުންތަކުގެ އިތުރުން މި ދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ބެހޭގޮތުން ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމާފައެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް ވާރކްއިން އިންޓަވިއުވެސް ކުރާގޮތަށް ހަމަޖައްސާފައެވެ.

މީގެ އިތުރުން މި އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ޚާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާއި ބެހޭ ދެ ކުއިޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ކުއިޒުން ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ދަތުރު ސްޕޮންސާކޮށްފައި ވަނީ ޔަލަމްލަމް ހައްޖް އެންޑް އުމްރާ ގްރޫޕްގެ ފަރާތުންނެވެ. މީގެ އިތުރުން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމް ސްޕޮންސާކޮށްފައި ވަނީ އެލްމޯބައިލްގެ ފަރާތުންނެވެ.

މީގެ އިތުރުން މި އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ޚާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާއި ބެހޭ ކުއިޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކުއިޒުން ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްލިބޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އޮފް މޯލްޑިވްސް، ނަމުގައި ކުރިއަށްދާ މި އެގްޒިބިޝަން ކުރިއަށްގެންދިޔައީ ހެނދުނު 10:30 އިން އިރުއޮށްސި 18:00 އަށް އިސްލާމިކް ޔުނިވަރސިޓީގެ ހޯލްގައެވެ.