ދުނިޔެ

ފަރަންސޭސި ރައީސް އާޖެންޓީނާއަށް ވަޑައިގެންފި


ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް، ލެޓިން އެމެރިކާ ބައްރުގެ ބައެއް ޤައުމުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި އާޖެންޓީނާއަށް ވަޑައިގެން އެޤައުމުގެ ރައީސް މައުރިސިޔޯ މަކްރީ އާ ބައްދަލުކުރައްވައިފިއެވެ. 



މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންގެ ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ، ދެޤައުމުގެ އިޤްތިޞާދާއި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމާ ބެހޭގޮތުންނެވެ. އޮލާންދްގެ މިދަތުރުފުޅުގައި އެ ދެ ޤައުމުގެ މަސްއޫލުވެރިން ވަނީ އެކިދާއިރާތަކުން އެއްބާރުލުމާބެހޭ 20 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.



އޮލާންދް ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ޕެރޫއަށްވެސް ވަނީ ވަޑައިގެންފައެވެ. މިދަތުރުފުޅުގައި ދެން އޭނާ ވަޑައިގަންނަވާނީ، އުރުގުވޭއަށެވެ.