ޚަބަރު

މައްސަލަ ހައްލުކޮށް އައިޖީއެމްއެޗް ލެބޯޓްރީގެ ޚިދުމަތް ފަށައިފި


މައްސަލަ ހައްލުކޮށް އައިޖީއެމްޗް ލެބޯޓްރީގެ ޚިދުމަތް މިހާރު ފަށާފައިވާ ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ވިދާޅުވެއްޖެއެވެ.

އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީގެ ޚިދުމަތް މެދުކެނޑުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 9 ވަނަ ފަންގިފިލާގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް އައިޖީއެމްޗުން ވަނީ ވިދާޅުވެފައެވެ.

އައި.ޖީ.އެމް.އެޗްއިން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ އިމާރާތުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ލެބޯޓްރީގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.

މިމައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ މީހުންގެ ޓެސްޓުތައް ހުޅުމާލެ ހޮސްޕިޓަލުން ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައި ކަމަށް އައިޖީއެމްއެޗުންވަނީ ވިދާޅުވެފައެވެ.