ޚަބަރު

އާގަލާ ބޯޓުން އޮޔާދާ ތަކެއްޗާމެދު ސަމާލުވުމަށް އިލްތިމާސްކޮށްފި


ރޭގެ ވަގުތެއްގައި މ.ތުވަރުގެ ހުޅަނގުން ދަތުރުކުރަމުންދަނިކޮށް އަލިފާންރޯވެ، އަޑިއަށްދިޔަ "އާގަލާ" ބޯޓުގައި ހުރި ބައެއް ތަކެތި ފެނުމައްޗަށް އަރާ އޮޔާދާތީ ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރައްވައިފިއެވެ.

ކޯސްޓްގާޑުން ވިދާޅުވީ ފެނުމައްޗަށް އެރިތަކެތި އޮޔާދާކަމަށް މަޢުލޫމާތު ލިބިފައިވަނީ މ.އަތޮޅު ކައިރިން އުތުރަށް ކަމަށެވެ. އެހެންކަމުން އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިސަރަޙައްދުން ރޭގަނޑު ދަތުރުކުރާ ނަމަ ކަނޑުމަތިން އޮޔާދާ ތަކެއްޗަށް ވަކިން ޚާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލެ ދަތުކުރަމުންދިޔަ އާގަލާ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި އެ ބޯޓުގައި ތިބި 15 މީހުންގެ ތެރެއިން އެކަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.