ރާއްޖޭގައި އަޅާ އެންމެ ބޮޑު އިސްލާމިކް ބިނާގެ މަސައްކަތް އިފްތިތާހްކޮށްފިއެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާގެ މުނާސަބަތާއި ގުޅިގެން މާލޭގައި އިމަރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ ރާއްޖޭގައި މިހާތަނައް އިމާރަތް ކުރެވޭ މިފަދަ އެންމެ ބޮޑު ބިނާއަށް މި ބިނާ ވެގެންދާނެއެވެ. މި ބިނާ އަކީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރޭ ބިނާއެއް. ކާނިވާ ސަރަހައްދުގައި އިމާރާތް ކުރެވޭ މި މިސްކިތައް ނަންދީފައިވަނީ ކިންގް ސަލްމާން މިސްކިތުގެ ނަމުންނެވެ. މި މިސްކިތާ ގުޅޭ ގޮތުން ވާހަކަ ފުޅުދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މި މިއީ މުސްތަގްބަލުގައި ތާރީހް ގެ ތެރެއަށް ވަދެގެން ދާނެފަދަ ބިނާއެއްކަމަށް ވެގެންދާނެކަމަށެވެ. އަދި މި ބިނާ ވެގެންދާނީ މިފަދަ ގޮތަކަށް ބިނާކުރެވިގެންދާ އެންމެ ބޮޑު ބިނާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ." އިސްލާމްދީނާއި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ދެމިތިބުމަށް އިސްލާމީ ވަންތަކަމުގައި އަޅުކަން ކުރުމަށް އޭގެ ފުރިހަމަކަމުގައި ނަފާ ލިބިގެންދާނެ ތާރީހީ ބިނާއެއްކަމަށް ވެގެންދާނެ " ޑރ މުއިއްޒު ވިދާޅުވިއެވެ.މިރަސްމިޔާތުގައި ވާހަކަ ފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރއަހުމަދު ޒިޔާދު ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމްދީން ދެމެހެއްޓުމާއި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުން ކެނޑި ނޭޅި ދަނީ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އަދި މިފަދަ ބޮޑު މިސްކިތެއް އިމާރަތް ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމީ އިސްލާމްދީން ދަމަހައްޓައި ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްކަމަށް އިސްލަމިކް މިނިސްޓަރ ވިދާޅުވިއެވެ." މިހާތަނަށް ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތް އިމާރާތްކުރުމަށް މަސައްކަތް ފެށުމަށްޓަކައި އަދުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. މި ކަމުންދޭހަވަނީ ރާއްޖޭގައި އިސްލާމްދީން ދަމަހައްޓައި ކުރިއެރުވުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ އަގުހުރު މަސައަކަތް. ރައީސްގެ ހިތްޕުޅުގައި ރާއްޖޭގެ އިސްލާމްދީން ދަމަހައްޓަވައި ކުރިއެރުވުމަށް ދީފައިވާ ސަމާލުކަން އެނގިގެންދާ ހެއްމިއީ" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.6 ފަންގި ފިލައަށް އިމާރާތް ކުރާ މި މިސްކިތަށް 6000 ވުރެއް ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެކަމަށް ހައުސިންސިން މިނިސްޓްރީން ވިދާޅުވިއެވެ. މި މިމިސްކިތުގައި ކުތުބުޚާނާ އާއި ޤުރުއާނާއި ބެހޭ މަރުކަޒާއި، މަލްޓި ޕާރޕަސް ހޯލްއަކާއި، ކްލާސްރޫމްތަކާއި ޖަލްސާކުރާ މާލަމްތައްވެސް އެންމެ ޒަމާނީ ފެނަވަރަށް ހެދިގެންދާނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި ނަމާދުކުރުމަށާއި އަދި އެހެނިހެން ބޭނުންތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް ފަސޭހައިން ޕާކްކުރެވޭނެ އިންތިޒާމް ތަކާއިއެކު އެކި ފަންގިލާތަކަށް އެރުމަށް 4 ލިފްޓް ހަރުކުރެވޭނެކަމަށް ވެސް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.މި ޢިމާރާތުގައި ސާޅިސް އެއްހާސް ފަސްސަތޭކަ އަކަފޫޓަށްވުރެ ބޮޑު ފްލޯރ އެރިޔާއެއް ނަމާދުކުރުމަށް ކަނޑައެޅިފައިވެއެވެ. އަދި ޤުރުއާންއާއި ބެހޭ މަރުކަޒަށް ހަތަރުހާސް ދުއިސައްތަ ވިހި އަކަފޫޓްގެ ފްލޯރ އޭރިޔާ ކަނޑައެޅިގެންދާނެކަމަށް ވެސް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން ކުތުބުޙާނާއަށާއި އޮފީސް ޖާގައިގެ ގޮތުގައި އެގާރަހާސް ނުވަސަތޭކަ އަކަފޫޓް ޚާއްސަކުރެވިގެންދާނެކަމަށް ހައުސިންމިނިސްޓްރީން ވިދާޅުވިއެވެ. އަދި އަށާވިސް ހާސް ހަތްސަތޭކަ އަކަފޫޓްގެ މަލްޓި ޕާރޕަސް ހޯލެއް މި އިމާރާތުގައި ހުންނާނެކަމާށާއި، އަދި އޮޑިޓޯރިއަމް އަކާއި ޖަލްސާކުރާ މާލަމްތަކަށް ބާރަހާސް އެއްސަތޭކަ އަކަފޫޓްގެ ފްލޯރ އޭރިޔާ ކަނޑައެޅިގެންދާނެކަމަށް ވެސް ހައުސްސިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެސަރަހައްދުގައި ޕާކްކުރަން ސާޅިސް ހަތަރުހާހަށް ވުރެއެ ބޮޑު ސަރަހައްދެއް ހާއްސަކުރެވިގެންދާނެކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.