ޚަބަރު

ތިމާވެށި ޙިމާޔަތްކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ދައުރުވެސް ބޮޑު: މިނިސްޓަރ


ތިމާވެށި ޙިމާޔަތްކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ދައުރުވެސް ބޮޑުކަމަށާއި، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއި އެއްބާރުލުމާއި ނުލައި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ހަރުދަނާ ނުކުރެވޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިޝަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ބޭއްވި އޯޝަން ގަވަނަސް ސިމްޕޯޒިއަމް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުއްނެއެވެ.

މި މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމުގައި އަމިއްލަ ފަރާތްތަކުގެ ދައުރުވެސް ބޮޑުކަމަށެވެ. ތިމާވެށި ހިމާޔަތްކުރުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫންކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ތިމާވެށި ހިމާޔަތްކުރުމަށް މިހާރަށް ވުރެއް ބޮޑަށް އިސްކަންދޭންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތްކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕްލާސްޓިކް ފަރުތަކުގައި ތަޣައްޔަރުވުންކަމަށެއެވެ. މި މައްސަލައަށް ހައްލެއް ގެނައުމައްޓަކައި، 13 ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މިހާރު މަނާ ކުރެވިފައި ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، އެ ގޮންޖެހުންތަކުން އަރައިގަތުމަށް އަދިވެސް މާލަސްނުވާ ކަމަށާއި، އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ އެ ގޮންޖެހުންތައް ކުޑަކުރެވޭނެ ކަމަށެއެވެ.

މީގެއިތުރުން، މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ކަނޑުއަޑީގެ ޤުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ ޤައުމެއްކަމަށާއި، ދުނިޔޭގެnިސްބަތުން 3 އިންސައްތަ މުރަކަ ފަރުތައް ރާއްޖެއަށް ލިބިފައިވާކަމަށެއެވެ. އެ ސަރަހައްދުތަކުގެ ތެރެއިން 13 ސަރަހައްދެއް މިހާތަނަށް ހިމާޔަތް ކޮށްފަކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހިމާޔަތްކުރެވިފައިވާ 79 ސަރަޙައްދެއް އެބައޮތެވެ. އޭގެތެރެއޮމް 32 ސަރަޙައްދަކީ މި ސަރުކާރުގައި ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކެކެވެ.