ޚަބަރު

އިކުއެޓޯރިއަލް ހޮސްޕިޓަލަށް 15 ދާއިރާއަކުން 29 ޑޮކްޓަރުން ހޯދަނީ


ގިނަ ޢަދަދެއްގެ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިއުލާނުކޮށްފިއެވެ. އެ ހޮސްޕިޓަލުން ދިވެހި ޑޮކްޓަރުން މި ހޯދަނީ، އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ ސްޕެޝަލިސްޓުންގެ ބަދަލުގައެވެ.

އޭއީއެޗަކީ އަތޮޅު ތެރޭގައި ހިންގާ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފައިވަނީ 15 ދާއިރާއަކުން 29 ޑޮކްޓަރުންހޯދުމަށެވެ. މި މަގާމުތަކަށް ކުރިމަތިލާ ފާރަތްތަކުގެ މަހު މުސާރައެއްގޮތުގައި ކަނޑައަޅާފައިވަނީ ގެ 25،260ރ. އާއި 54،430ރ. އާ ދެމެދުގެ ޢަދަދެކެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދާ ދާއިރާތައް

* އޯތޯޕީޑިކްސް - 03
* ޕީޑިއެޓްރިޝަން – 03
* އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖިސްޓް – 03
* ސައިކޭޓްރިސްޓް – 02
* ރޭޑިއޮލޮޖިސްޓް – 03
* ޑަރމަޓޮލޮޖިސްޓް – 02
* އީ.އެން.ޓީ - 01
* ޕެތޮލޮޖިސްޓް – 01
* ޔޫރޮލޮޖިސްޓް – 01
* އޮފްތަލްމޮލޮޖިސްޓް – 01
* އޯތޯޑޮންޑިސްޓް – 01
* އިމަޖެންސީ ފިޒިޝަން - 01

މަގާމުތަކަށް ޝަރުތު ހަމަވާފަތާރަތަކުން ފޯމް ހުށައެޅުމަށް ހުޅުވާލާފައިވަނި މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ. ވަޒީފާއަށް ފޯމްހުށައަޅާ ޑޮކްޓަރުންގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާފައެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވާނީ އެންމެ މަތިން މާކްސް ލިބޭ ޑޮކްޓަރުންނަކަމަށްވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވިއެވެ. އިންޓަވިއުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 އިން 30 ނިޔަލަށެވެ.
އެހޮސްޕިޓަލުގައި ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ހޮސްޕިޓަލުން ކަމާއި ގުޅޭ އިދާރާތަކާއެކު ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލުގައި ޖާގަ އިތުރުކުރުމާއި، އިތުރު ދާއިރާތަކުން އައު ޚިދުމަތްތައް ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.