ކުޅިވަރު

ނިއުގެ މުހައްމަދު ރަޝީދު 2 މަސް ދުވަހަށް ކުޅުމާ ދުރަށް


ނިއު ރޭޑިއަންޓުގެ ކެޕްޓަން މުހައްމަދު
ރަޝީދު ދެ މަސް ދުވަހަށް ކުޅުމާ ދުރަށް ދާންޖެހިއްޖެއެވެ. 

މުހައްމަދު ރަޝީދު ކުޅުމާ ދުރަށް ދާން ޖެހުނީ އިއްޔަ އޭއެފްސީ ކަޕުގައި  ސިންގަޕޫރުގެ ބެލަސްޓިއާ އާއި
ވާދަކުރި މެޗްގައި މުހައްމަދު ރަޝީދުގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ނިއުގެ
ޑިރެކްޓަރ
އޮފް ފުޓްބޯލް އަހުމަދު ނިޔާޒު ވިދާޅުވީ ޑޮކްޓަރު ބުނާގޮތުން މުހައްމަދު ރަޝީދު ދަނޑަށް
އެނބުރި އައުމަށް އެންމެ މަދުވެގެން ދެމަސް ދުވަސްނަގާނެއެވެ. އަދި ކަކުލުގައި
ރެނދެއްލާފައިވުމުން މިހާރު މުހައްމަދު ރަޝީދު ފައިގައިވަނީ ޕްލާސްޓަރުވެސް އަޅާފައެވެ.

ނިއުގެ ޑިރެކްޓަރ އޮފް ފުޓްބޯލް
އަހުމަދު ނިޔާޒު ވިދާޅުވީ މިއީ ޓީމަށް ލިބުނު ފޫނުބެއްދޭ ވަރުގެ
ގެއްލުމެއްކަމަށެވެ. އަދި ނިއުގެ ކެޕްޓަންއަށް ވުމުގެ އިތުރުން ހޮކޭ އަކީ
މިހާރު ޓީމްގައި ހިމެނޭ އެންމެ ސީނިއާރ ކުޅުންތެރިންގެ ތެރެއިން އެއް
ކުޅުންތެރިއެއް ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

އޭއެފްސީ ކަޕުގައި އިއްޔެ ސިންގަޕޫރުގެ
ބެލަސްޓިއާ ނިއު ވާދަކުރި މެޗް ނިމިފައިވަނީ ދޭއް ދޭއްކުން ދެ ޓީމް
އެއްވަރުވެގެންނެވެ.