ހަށިގަނޑުގައި ފޮރުވައިގެން ޖަލަށް ވައްދަން އުޅުނު ޑްރަގު އަތުލައިގަނެފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލަށް ޑުރަގު ވެއްދުމަށް ޤައިދީއަކު މަސައްކަތް ކޮށްފައިވަނީ ފުރަގަސް ފަރާތުގައި ފޮރުވައިގެންކަމަށެވެ. އެ ޑްރަގް އަތުލައިގަތީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ އަހުމަދު ވަނީ އޭނާ ޑްރަގު އެތެރެ ކުރަން މަސައްކަތްކުރިކަން ހާމަކޮށް، ކަރެކްޝަނުން ހެދި ސްކޭންވެސް ހިއްސާކޮށްފައެވެ. އަތުލައިގަތް ޑުރަގު ހުރީ ޖޫސްޕެޓީ އަޅާ ކޮތަޅެއްގައެވެ.
މާފުށި ޖަލަށް ގެނައި ޤައިދީއެއް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އެ ޤައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު ފުރަގަސްފަރާތް ބޭނުންކޮށްގެން ވައްދަން މަސައްކަތްކުރި މަސްތުވާތަކެތި ވަނީ ފުލުހުންނާއި ގުޅިގެން އަތުލައިގަނެވިފަ pic.twitter.com/4U27yXUrWZ
— Ahmed Mohamed (@ahumadhumohamed) February 23, 2023
ގަވާއިދާއި ޚިލާފަށް ޖަލަށް މަސްތުވާތަކެއްޗާއި، ފޯނާއި، އެނޫންވެސް ތަކެތި ވައްދެން ހުއްޓުވުމަށް ކަރެކްޝަނާއި ފުލުހުން ގުޅިގެން ގެންދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ.