ސިޔާސީ ޕާޓީތައް ހިންގުމަށް މިއަހަރުގެ ބަޖެޓުން ކަނޑައެޅުއްވި ފައިސާ 6 ޕާޓީއަކަށް ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
ފައިސާ ދޫކުރަން ނިންމާފައިވަނީ އެމްޑީޕީއާއި، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އެމްޑީއޭއާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީއާއި، އަދާލަތު ޕާޓީއަށެވެ. މިޕާޓީތަކަކީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ބަޖެޓް ފާސްކުރި ވަގުތާ ހަމައަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކެވެ.
މި ހަޕާޓީއަށް ޖުމްލަ 36،876،088.00 (ތިރީސް ހަ މިލިއަން އަށްސަތޭކަ ހަތްދިހަ ހަހާސް އަށްޑިހަ އަށް) ރުފިޔާ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީއަށް ހުށަހެޅުމުން، ސިޔާސީ ޕާޓީތައް ހިންގުމަށް މިއަހަރުގެ ބަޖެޓުން ކަނޑައެޅުއްވި ފައިސާ އެޕާޓީތަކަށް ދޫކުރާނެއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ބަޖެޓުން 36,896,088.00 ( ތިރީސް ހަމިލިއަން އަށްސަތޭކަ ނުވަދިހަ ހަހާސް އަށްޑިހަ އަށް) ރުފިޔާވަނީ ކަނޑައަޅާފައެވެ.
* މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 14،212،790.92
* ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 9،544،204.46
* ޖުމްހޫރީ ޕާޓީ(ޖޭޕީ): 5،680،521.16
* މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2،591،106.24
* މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ): 2،434،979.29
* އަދާލަތު ޕާޓީ: 2،412،485.93
* މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ: 57،529
* ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް: 38،632
* ޖުމްހޫރީ ޕާޓީ: 22،993
* މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް: 10،488
* މޯލްޑިވްސް ނެޝަނަލް ޕާޓީ: 9،937
* އަދާލަތު ޕާޓީ: 9،765
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ދިވެހި ރައްޔިތުންގެ ޕާޓީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, މޯލްޑިވްސް ރިފޯމް މޫވްމެންޓްގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެއެވެ. އަނެއް ދެޕާޓިގެ ތެރެއިން މޯލްޑިވްސް ތަރޑްވޭ ޑިމޮކްރަޓްސްގައި 3،016 މެމްބަރުންނެވެ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގައި ތިބީ 3،159 މެމްބަރުންނެވެ. އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއަކީ އެމްއެންޕީއެވެ.