ޚަބަރު

މާދަމާ ކުނިނަގާނެ ގަޑިއަށް ބަދަލުތަކެއް


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ އަހަރީ ދުވަހާއި ގުޅިގެން މާދަމާ މާލެ ސަރަޙައްދުގައި ކުނި ނެގުމުގެ ޚިދުމަތް ދޭ ގަޑިތަކަށް ބައެއް ބަދަލުތައް ގެނެސްފިއެވެ.

ވެމްކޯއިން ވިދާޅުވީ އަހަރީ ދުވަހާއި ގުޅިގެން ވެމްކޯއިން ބާއްވާ ޙަރަކާތްތަކުގައި ހުރިހާ މުވައްޒަފުންނަށް ބައިވެރިވެވޭނެހެން މާދަމާ ވެމްކޯއިން ކުނި ނެގުމުގެ ގަޑިތަކަށް ބަދަލުގެނެސްފައިވާކަމަށެވެ. އެގޮތުން މާލޭގެ ގޭބިސީތަކުން މާދަމާ ކުނި ނެގުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2 އިން ހަވީރު 5 ޖެހުމާއި ހަމައަށް އެކުންފުނިން ވިދާޅުވިއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނިނެގުމަށް ހަމަޖެހިފައިވަނީ މެންދުރު 12 އިން ފެށިގެން ހަވީރު 5 ޖެހުމާއިހަމައަށްކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި ދެވަނަ ފިޔަވަހިން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 7 އިން މެންދުރުފަހު 3 ޖެހުމާއި ހަމައަށްކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. މީގެ އިތުރުން ވިލިމާލޭގެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ މެންދުރު 2 އިން ހަވީރު 5 ޖެހުމާއި ހަމައަށެވެ.

ވެމްކޯއިން ވަނީ އެކުންފުނީގެ އެހެން ބައެއް ޚިދުމަތްތަކަށްވެސް ބަދަލުގެނައުމަށް ނިންމާފައެވެ.

ބުދަ ދުވަހު ގަޑިއަށް ބަދަލު އަންނަ ބައެއް އެހެނުހެން ޚިދުމަތްތައް

* މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން - ހެނދުނު 0800 އިން ހަވީރު 1700 އަށް
* ކޯލް އެންޑް ޕިކަޕް ސަރވިސް - ހެނދުނު 0900 އިން ހަވީރު 1600 އަށް
* ހުޅުމާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން - ހެނދުނު 0800 އިން ހަވީރު 1700 އަށް
* ވިލިމާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން - ހެނދުނު 0800 އިން ހަވީރު 1700 އަށް
* ތިލަފުށި ޑިސްޕޯސަލް ސައިޓް _ ހެނދުނު 0830 އިން ހަވީރު 1700 އަށް


ވެމްކޯއިން ވިދާޅުވީ މިއީ ހަމައެކަނި އަހަރީ ދުވަހާއި ދިމާކޮށް ގެނައުމަށް ނިންމާފައިވާ ބަދަލެއް ކަމަށެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން ޢާއްމު އުސޫލުން ކުނިނަގާ ގަޑިތަކުގައި ކުނި ނަގަމުންދާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ.