ޚަބަރު

ތިލަފުށީ ފެނުގެ މައްސަލަ ހައްލުކޮށް މިއަދު ޚިދުމަތް ދެވޭނެ: އެމްޑަބްލިއުއެސްސީ


ކ.ތިލަފުށީގައި ހުރި ފެން ޓޭންކަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މައްސަލަ ހައްލުކޮށް މިއަދު ފެނުގެ ޚިދުމަތް ދެވޭނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކަ ގުޅިގެން ތިލަފުށިން ފެނުގެ ޚިދުމަތް މިއަދުވަނީ ކެނޑިފައެވެ.

އެމްޑަބްލިއުއެސްސީގެ ޕަބްލިކް ރިލޭޝަން އޮފިސަރ މުހައްމަދު މުއާވިއަތް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ތިލަފުށީގައި ފެން ރައްކާކުރާ ތާނގީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ތާނގީގެ ސްޓްރަކްޗަރ އަށް ގެއްލުން ލިބި ތާނގީ ފަޅައިގެން ގޮސްފައިވާ ކަމަށެއެވެ. އަދި މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މައްސަލަ ހައްލުކޮށް މިއަދު ތިލަފުއްޓަށް ފެނުގެ ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިލަފުށީގައި ސިނާއީ އެކި މަސައްކަތްތަކާއި އެނޫންވެސް މަސައްކަތްތައް ކުރުމަށް ގިނަ ބަޔަކު ހަރަކާތްތެރިވަމުން އާދެއެވެ.