ޚަބަރު

އައްޑޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދަށް!


އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރޭގެ ވަގުތެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައިވާ ކަމަށެވެ.

އައްޑޫ ސިޓީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 10:02 ހާއިރުއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން އެރޭ އިތުރަށް ވިދާޅުވެފައި ވަނީ އަނިޔާވި މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާކަމަށެއެވެ.