ޚަބަރު

"ޖާޒީ" އަށް ފަހު އަނެއްކާވެސް އަމަން ގިލްގެ ފިލްމެއް ޝާހިދު އަށް


މިދިޔަ އަހަރު ދެއްކި ދެކުނު ފިލްމު "ޖާޒީ" ގެ ހިންދީ ރީމޭކް "ޖާޒީ" އަކީ ބޮކްސް އޮފީހުގައި މާ ބޮޑު ތަރުޚީބެއް ލިބުނު ފިލްމެއް ނޫނެވެ.

ދެކުނު ފިލްމުވެސް ޑައިރެކްޓުކުރި ގޯތަމް ތިންނާނޫރީ ޑައިރެކްޓުކޮށްފައިވާ މި ފިލްމަށް ބެލުންތެރިންގެވެސް އަދި ކްރިޓިކުންގެވެސް މާ ބޮޑު ތަރުޚީބެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް އެ ފިލްމުގެ ޕްރޮޑިއުސަރު އަމަން ގިލް އަނެއްކާވެސް މިވަނީ އޭނާގެ ފިލްމެއް ޝާހިދު އަށް ހުށަހަޅާފައެވެ. ޝާހިދުގެ ފުރަތަމަ އޯޓީޓީ ސީރީޒް "ފަރުޒީ" މިހާރު ކުރިއަށްދާއިރު ގިލްގެ މި ފިލްމަށް ޝާހިދު ވަނީ ސޮއިވެސް ކޮށްފައެވެ.

ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ޝާހިދު އެންމެ ފަހުން ފެނުނު ވެބް ސީރީޒް "ފަރުޒީ" ރިލީޒްކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ. "ދަ ފެމިލީ މޭން" ގެ ޑައިރެކްޓަރު ރާޖް އެންޑް ޑީކޭ ޑައިރެކްޓުކޮށްފައިވާ މި ވެބް ސީރިޒްގައި ޝާހިދަކީ އާޓިސްޓެކެވެ.