ޚަބަރު

ފުލުހުންގެ ބައެއް މަޤާމުތަކަށް ބަދަލުކުރައްވައިފި


މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިދާރީ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމައްޓަކައި އެ އިދާރާގެ ބައެއް އިސް މަޤާމުތަކަށް ބަދަލު ގެންނަވައިފިއެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުން މިއަދު ވަނީ ފުލުހުންގެ ދެ ކޮމާންޑަކާއި، އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒްގެ އިސް މަޤާމުތަކަށް ބަދަލު ގެންނަވާފައެވެ. މީގެތެރެއިން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ހިންގުން ހަވާލު ކުރައްވާފައިވަނީ، އެސިސްޓެންޓް ކޮމިޝަނަރ ޢަބްދުﷲ ނަވާޒާއެވެ.އަތޮޅުތަކުގެ ފުލުހުންގެ މަސައްކަތް ބަލަހައްޓަވާ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑް ހިންގެވުން ހަވާލުކުރައްވާފައިވަނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމްއާއެވެ. މީގެ އިތުރުން އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް ހިންގެވުން ވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާ ހަވާލުކުރައްވާފައެވެ.ފުލުހުން ވިދާޅުވީ، އެއިދާރާގެ މަޤާމުތަކަށް ބަދަލު ގެންނަވާފައިވަނީ، ފުލުހުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކޮށް ރައްޔިތުންގެ އިތުބާރާ ޔަޤީންކަން އިތުރުކުރުމުގެ ގޮތުންކަމަށެވެ.