ވިޔަފާރި

ކުޑަ ބަނޑޮސް މިއަހަރުގެ މޭމަހުގެ މެދު ތެރޭގައި ހުޅުވަނީ


ރިސޯޓެއްގެ
ގޮތުގައި ތަރައްޤީކުރާ ކުޑަ ބަނޑޮސް މިއަހަރުގެ މޭމަހުގެ މެދު ތެރޭގައި ހުޅުވުމަށް
ހަމަޖެހިފައިވާ ކަމަށް މަލަހިނީ ހޯލްޑިންގްސުން ހާމަކޮށްފިއެވެ.



ތިން
ތަރީގެ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ މި ރިސޯޓްގެ ވެރިފަރާތްކަމުގައިވާ
މަލަހިނީ ހޯލްޑިންގްސް އިން މައުލޫމާތުދޭ ގޮތުގައި ރިސޯޓް ހުޅުވިގެންދާނީ 82 ކޮޓަރި ރިސޯޓެއްގެ ގޮތުގައި ކަމަށެވެ.



ކުޑަ ބަނޑޮސް ތަރައްޤީ ކުރާ ކުންފުނިން ބުނީ ކުރިންވެސް
ދިވެހިން އެ ރަށަށް ދަތުރު ދާ ގޮތަށް ރިސޯޓަކަށް ބަދަލުވުމުންވެސް އެރަށަށް
ދެވޭނެ ކަމަށާއި އެރަށް ރިސޯޓަކަށް ވެގެން ދިޔުމުން ފެންވަރު ރަގަޅު ޚިދުމަތްތައް
އެރަށަށް ދަތުރުދާ ދިވެހިންނަށް ލިބެން ހުންނާނެ ކަމަށެވެ.