ޚަބަރު

ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމް ފަށްޓަވައިފި


ސުކޫލްތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމަށާއިި
ނަތީޖާ ރަނގަޅުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވާ މަސައްކަތުގެ ދަށުން
ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމް ފަށްޓަވައިފިއެވެ.



އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު
ދެއްވާ ގޮތުގައި މި ޕްރޮގްރާމްގެ ދަށުން އައްޑޫ އަތޮޅުގެ ހަތަރު ސުކޫލެއްގެ
ޕްރިންސިޕަލަކު މާލޭގެ ސުކޫލްތަކުގެ ޕްރިންސިޕަލުންނާއި އެކު ފަސް ދުވަހުގެ
މުއްދަތައް މަސައްކަތްކުރައްވާނެކަމަށެވެ. އަދި މި ބުރުގައި ޕްރިންސިޕަލުން
މަސައްކަތްކުރައްވާނީ އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލްގައިކަމަށެވެ.



އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވި
ގޮތުގައި ޕްރިންސިޕަލުން ތަޖުރިބާ ބަދަލުކުރުމުގެ މި ޕްރޮގްރާމް ކުރިއަށް
ގެންދިޔުމަށް ހަމަޖެހިފައިވަނީ ފަހަރަކު އަތޮޅަކަށް އަމާޒުކޮށްގެން ރާއްޖޭގެ
ހުރިހާ ޕްރިންސިޕަލުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށެވެ. މި ޕްރޮގްރާމްގައި
ބައިވެރިވާ އިތުރު ހަތް ސްކޫލެއްގެ ޕްރިންސިޕަލުން މި މަހުގެ ފަހު ކޮޅާއި އަންނަ
މަހުގެ ކުރީކޮޅު މި ޕްރޮގްރާމް ފުރިހަމަ ކުރައްވާނެކަމަށްވެސް އެމިނިސްޓްރީން
ވިދާޅުވިއެެވެ.



ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމްގެ
ދަށުން ޕްރިންސިޕަލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާހަގަކޮށްލެވޭ
ސުކޫލްތަކަށް ޒިޔާރަތްކޮށް ސްކޫލް ހިންގުމުގައާއި ދަރިވަރުންގެ ނަތީޖާ އިތުރަށް
ރަނގަޅުކުރުމުގައި އެ ސުކޫލްތަކުން ބޭނުންކުރާ ބެސްޓް ޕްރެކްޓިސް ތަޖުރިބާ ކުރައްވާނެއެވެ.