ކުޅިވަރު

މާޒިޔާ ކެޕްޓަނަކަށް އަސަދުﷲ، ވައިސް ކެޕްޓަނަކަށް މެސީއާއި، އެންޑީ


މާޒިޔާގެ
ކެޕްޓަނަކަށް އަސަދުﷲ އަބުދުﷲ އަދި ވައިސް ކެޕްޓަނަކަށް އަމްދާން އަލީ ( އެންޑީ ) އާއި، އިސްމާޢީލް
އީސާ ( މެސީ ) ހަމަޖައްސައިފިއެވެ. 

މިއަހަރުގެ ސީޒަނަށް މާޒިޔާގެ ކެޕްޓަނަކަށް ހަމަޖެއްސި އަސަދުﷲ
އަބްދުﷲ އަކީ މިދިޔަ އަހަރުވެސް މާޒިޔާގެ ކެޕްޓަނެވެ.
މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ ކެޕްޓަން އަދި ވައިސް ކެޕްޓަން ދިނުމުގައި
އަބަދުވެސް ވިސްނަނީ ޓީމް ގޮވައިގެން އުޅޭ، ކަންކަމަށް އިސްނަގާ އަދި އަހުލާގު
ރަނގަޅު ކުޅުންތެރިންނަށް ކަމަށެވެ. އަސަދުﷲ އަކީ ކެޕްޓަނަކަށް ބަލާއިރު ނަމޫނާ
ކުޅުންތެރިއެއްކަމަށާއި، މިދިޔަ އަހަރު އޭނާގެ ފަރާތުން ކެޕްޓަނެއްގެ ޒިންމާ
ވަރަށް ފުރިހަމައަށް އަދާކޮށްފައިވާކަމަށްވެސް ސުޒޭން ބުންޏެވެ.

 އަދި އަމްދާނަކީ
މިދިޔަ އަހަރު މާޒިޔާގައި މޮޅަށް ކުޅެ، ވައިސް ކެޕްޓަނެއްގެ ޒިންމާ ވަރަށް
ފުރިހަމައަށް އަދާކޮށްފައިވާ ކުޅުންތެރިއެއް ކަމަށް ސުޒޭން ބުންޏެވެ. ސުޒޭން ބުނީ
އިސްމާއީލް އީސާ މިއަހަރު މާޒިޔާއާ ގުޅުނު ނަމަވެސް، މީގެ ކުރިން
އެހެންކުލަބްތަކުގައި ކެޕްޓަނެއްގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށް، ކަންކަމުގައި އިސްނަގާފައިވާ ކަމަށް ސުޒޭން ބުންޏެވެ.

 އަސަދުﷲ ގެ ކެޕްޓަންކަމުގެ ދަށުން މާޒިޔާ
ވަނީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕާއި 2014 ވަނަ އަހަރުގެ އެފްއޭ ކަޕް
ކާމިޔާބުކޮށްފައެވެ. ނިމިގެންދިޔަ ސައުތް އޭޝިއަން ގޭމްސްގެ ރާއްޖޭގެ
ކެޕްޓަންކަންކޮށްފައިވާ އިސްމާޢީލް އީސާއަކީ މިދިޔަ ދެ ސީޒަންގައިވެސް ކުލަބް
އީގަލްސްއިން ހޯދާފައިވާ ކާމިޔާބީގެ މުޙިންމުދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.



 އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި އިންޑިއާގެ
މޯހަން ބަގާންއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ވަނީ މިރޭ ކަލްކަތާއަށް ފުރާފައެވެ.