ޚަބަރު

ނަން އިއްވުމުން މެންބަރުން ނެރުނީ އެމްއެންޑީއެފްގެ ސެކިއުރިޓީންނެއް ނޫން


ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ނަން އިއްވުމުން މެންބަރުން ޗެންބަރުން ނެރުމުގައި ހަރަކާތްތެރިވީ އެމްއެންޑީއެފްގެ ސެކިއުރިޓީ ނޫންކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވެވި ޖަލްސާގައި ޗެންބަރު ތެރޭގައި ހަރަކާތްތެރިވީ، ޤައުމީ ދިފާއީ ބާރުގެ ސެކިއުރިޓީންކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައެވެ. މިކަމާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ އެވަގުތު ޗެންބަރު ތެރޭގައި މެންބަރުން ނެރުމުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިނުވާކަމަށާއި، އެއީ ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީކަމަށެވެ.

މިކަމުގައި އެހީ ފޯރުކޮށްދިނުމަށް ގައުމީ ދިފާޢީ ބާރުގައި އެދިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިއަހަރަށް މަޖިލިސް ހުޅުވާ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި، އިދިކޮޅު މެންބަރުން ވަނީ ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސްއަޅުއްވާފައެވެ. އެކަމާއި ގުޅިގެންތިޔާސަތުން ވަނީ 5 މެންބަރެއްގެ ނަން އިއްވާފައެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މެންބަރެއްގެ ނަން އިއްވައިފިނަމަ، އެ މެންބަރަކު މަޖިލީހުގެ ޗެމްބަރު ދޫކުރައްވައި ވަޑައިގަންނަވަން ޖެހޭނެއެވެ.