ޚަބަރު

އެންމެ ގިނަ ގްރެމީ އެވޯޑް ލިބުނު ފަންނާނަކަށް ބިޔޯންސޭ


މިހާތަނަށް އެންމެ ގިނަ ގްރެމީ އެވޯޑު ހޯދި ފަންނާނުގެ މަޤާމު ހޯދައިގެން ލަވަކިޔުންތެރިޔާ ބިޔޯންސޭ ރެކޯޑު ހަދައިފިއެވެ.

މިހާތަނަށް ބިޔޯންސޭއަށް ލިބިފައިވާ ގްރެމީ އެވޯޑުގެ އަދަދަކީ 32 ކެވެ. އެއީ އެންމެފަހުން ބޭއްވި 65 ވަނަ ގްރެމީ އެވޯޑްސްގައި ލިބުނު 4 އެވޯޑާ އެކީގައެވެ. އެންމެ ފަހުން ނެރުނު އަލްބަމް "ރެނަސަންސް" އިން ބިޔޯންސޭ އަށް ވަނީ "އަލްބަމް އޮފް ދި އިޔާ" އާއި "ސޯންގް އޮފް ދި އިޔާ" ގެ އެވޯޑް ވެސް ލިބިފައެވެ.

ބިޔޯންސޭއަށް ގްރެމީގެ 32 ވަނަ އެވޯޑު ލިބުނީ އޭނާގެ އާރް އެންޑް ބީ ލަވަޔަށެވެ.

ކުރިން އެންމެ ގިނަ ގްރެމީ އެވޯޑް ހާސިލުކުރި ފަންނާނަކީ ހަންގޭރީ ދަރިކޮޅުގެ އިނގިރޭސި ފަންނާނު ޖޯޖް ސޯލްޓީ އެވެ. މީގެ 26 އަހަރު ކުރިން 1997 ގައި މަރުވެފައިވާ ފަންނާނަށް ޖުމްލަ 31 ގްރެމީ ލިބިފައިވެއެވެ.