ޚަބަރު

މާލޭގައި މިރޭ ހަވާ އަރުވަނީ


މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއްޖެއެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ސޯލްޓް ރެސްޓޯރެންޓާއި ދިމާލުން މޫދާވީ ސަރަހައްދުގައެވެ. އެގޮތުން މިރޭ 21:30 އިން ފެށިގެން 3 މިނެޓުގެ ވަގުތަކަށް ހަވާއެރުވުން ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެމް.އެން.ޑީ.އެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ. ހަމައެހެންމެ ރާއްޖޭގައި ފާހަގަކުރާ ބައެއް ޚާއްސަ އިޙްތިފާލުތަކާ ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ.