ޚަބަރު

ކޮޗިންގައި ދިވެއްސަކު ގެއްލިގެން ހޯދަނީ


އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ކ. ތުލުސްދޫއަށް ނިސްބަތްވާ މުޙައްމަދު މަހުދީ ނަމަކަށް ކިޔާ 35 އަހަރުގެ މީހެކެވެ.

އޭނާ ގެއްލިފައިވަނީ މިއަދު ހެނދުނު އަމްރިތާ ހޮސްޕިޓަލް ސަރަޙައްދުންކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި އޭނާއަކީ ނަފްސާނީ ބައްޔެއްކަމަށްވާ ބައިޕޯލަރ ޑިސްއޯޑަރއަށް ފަރުވާ ހޯދާ މީހެއްކަމަށް އާއިލާއިން ބުނެފައިވެއެވެ.

ގެއްލުނު ފިރިހެން މީހާ ހޯދުމަށް އާއިލާއިން ވަނީ، އިންޑިއާގެ ފުލުހާއި އަދި ފޮރިން މިނިސްޓްރީގެ އެހީއަށްވެސް އެދިފައެވެ. ފޮރިން މިނިސްޓްރީއިން ވިދާޅުވީ މި މައްސަލަ ހުށައެޅުމާއެކު، އިންޑިއާގެ ދިއްލީ ޕޮލިސްއާއި ގުޅިގެން މީހާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށެވެ.


ގެއްލުނު މީހާ ހޯދުމަށް އޭނާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައިވެސް ޕޯސްޓްކޮށްފައެވެ. އެގޮތުން މި މިހާގެ އެއްވެސް ޚަބަރެއް ވެއްޖެނަމަ، މުޙައްމަދު މަހުދީގެ ދައްތަ އާމިނަތު އަރުޝީ (7971667) އަށް ގުޅާ މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.

ބޭސްފަރުވާއަށް މަހުދީ އިންޑިއާއަށް ގޮސްފައިވަނީ އޭނާގެ އާއިލާގެ 2 މެންބަރަކާއެކު އިއްޔެގެ ވަގުތެއްގައެވެ.