ޚަބަރު

މިރޮސްލޮވް ޔެނެޗް، ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި


ދިވެހި ސަރުކާރުގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް މިރޮސްލޮވް ޔެނެޗް ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާ މިއަދު ބައްދަލުކުރައްވައިފިއެވެ.މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ޚާރިޖިއްޔާއިން ވިދާޅުވެއެވެ. މިދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާވެސް ޔެނެޗް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއެވެ.އދ.ގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް މިރޮސްލޮވް ޔެނެޗް ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. މިދަތުރުފުޅުގައި ޔެނެޗްގެ އަރިހުގައި އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ އެކްޓިންގް ޗީފް އޮފް އޭޝައާ އެންޑް ދަ ޕެސިފިކް ޑިވިޝަން، ޝިން އުމޭޒުވެސް ރާއްޖެ ވަޑައިގެންނެވިއެވެ.