ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ


މާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިއްޖެއެވެ.

މާލެއިން ގެއްލިގެން ހޯދަމުންދިޔައީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ.

އެ ކުއްޖާ ގެއްލިގެން އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދުނީ މިއަދު މެންދުރުފަހު 3:37 ހާއިރުއެވެ. ނަމަވެސް އިރުއޮއްސި 6:17 ގައި އެ ކުއްޖާ ފެނުނުކަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. އަދި ކުއްޖާ ހޯދުމަށް މައުލޫމާތު ހިއްސާކުރި ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރުވެސް އަދާކުރައްވާފައެވެ.

ގެއަށް ނައިސް 24 ގަޑިއިރަށްވުރެ ގިނައިރުވެގެން އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުން ރިޕޯޓްކުރީ މިމަހުގެ 26 ވަނަ ދުވަހުކަމަށްވެސް ފުލުހުން ބުނެއެވެ.