ޚަބަރު

މާލެއިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ


މާލެއިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ތ. ދިޔަމިގިލި، އާޤިސާމަންޒިލް، ޒީކް ބިންތި މުޙައްމަދު ރިޔާޒު (15އ) ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިމަހުގެ 25 ވަނަ ދުވަހު 17:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައިނުވާތީ، ގެއްލިފައިވާކަމަށް އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 18:17 އެހައިކަންހާއިރުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.


ޒީކް ބިންތި މުޙައްމަދު ރިޔާޒު މިހާރު ދިރިއުޅެމުންދަނީ ކ. މާލެ، ގ. ތޯނީއައްސޭރި ގޭގައި ކަމާއި، އެންމެ ފަހުން ފެނުނުއިރު ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެން ޖިންސެއް ލައިގެން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ވަނީ، ޒީކް ބިންތި މުޙައްމަދު ރިޔާޒާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުން އެދިފައެވެ.