ޚަބަރު

އެންމެ ބޮޑު އާމްދަނީއެއް ލިބުނު 4 ވަނަ ފިލްމަކަށް "އެވެޓާ 2"


މިދިޔަ މަހު ރިލީޒްކުރި "އެވަޓާ: ދަ ވޭ އޮފް ވޯޓަރ"، "ސްޓާ ވޯސް: ދަ ފޯސް އެވޭކެންސް" ފަހަތަށް ޖައްސާލައިފިއެވެ. ޑައިރެކްޓަރު ޖޭމްސް ކެމަރަންގެ ސައިންޓިފިކް ފިލްމު މިހާރު ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 2.075 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

ކުރީގެ އިންސްޓޯލްމަންޓްތަކަށް ފަހު ގިނަ ދުވަސްތަކެއް ފަހުން ރިލީޒްކުރި އަނެއް ސައިންޓިފިކް ފިލްމު "ދަ ފޯސް އެވޭކެންސް" ގެ ސީކުއަލް ސިނަމާތަކުން ނެގިއިރު، ލިބިފައި ވަނީ 2.064 ބިލިއަން އެމެރިކާ ޑޮލަރެވެ.

މި ފިލްމާއެކު ދުނިޔޭގެ ލެވެލްގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު 4 ފިލްމުގެ ތެރެއިން 3 ފިލްމު މިވަނީ ކެމެރަން އަތުގައެވެ. އެއީ އޮރިޖިނަލް "އެވަޓާ" އަދި "ޓައިޓެނިކް" އެވެ.

ބައިނަލްއަގްވާމީ ގޮތުން "އެވަޓާ: ދަ ވޭ އޮފް ވޯޓާ" މިހާރު އޮތީ ތާރީޚުގައިވެސް 1.46 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދި 4 ވަނަ ފިލްމުގެ ގޮތުގައެވެ.

މި ފިލްމު މިވަރުގެ އާމްދަނީއެއް ލިބިފައިވާއިރު، ދެން މިހާރު އެންމެ ބޮޑަށް ގިނަ ބަޔަކު ބަލަން ބޭނުން ވަނީ މީގެ ފުރަތަމަ ބައި 2009 ވަނަ އަހަރު ދެއްކި "އެވަޓާ" ހަދާފައި އޮތް އާމްދަނީގެ ރެކޯޑް މުގުރެލެވޭތޯއެވެ.

އެ ފިލްމަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ "އެވަޓާ" އަށް 2.923 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މިދިޔަ މަހުގެ 16 ގައި ރިލީޒްކުރި "އެވަޓާ 2" އަކީ 400 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.