ދުނިޔޭގެ ވިޔަފާރި

ޓޮޔޯޓާއިން ޗެކް ރިޕަބްލިކްގެ ކާރުޚާނާ ބަންދުކުރަނީ


ޖަޕާނުގެ ޓޮޔޯޓާ މޮޓޯ ކޯޕަރޭޝަނުން، ޗެކް ރިޕަބްލިކްގައި ހިންގަމުން އަންނަ ކާރުޚާނާއެއް އަންނަ މަހު ބަންދުކުރަން ނިންމައިފިއެވެ.

ޓޮޔޯޓާއިން މި ކާރުޚާނާ ބަންދު ކުރަން ނިންމީ ބައެއް ތަކެތި ލިބުން ދަތިވުމުގެ ސަބަބުންނެވެ. ޓޮޔޯޓާގެ ތަރުޖަމާނު ޓޮމާސް ޕަރޫބެކް ވިދާޅުވީ، ކާރު އުފެއްދުމަށް ބޭނުންވާ ބައެއް ސާމާނު ލިބުން ދަތިވުމުގެ ސަބަބުން މިމަހުގެ 31 އިން ފެށިގެން ވަގުތީ ގޮތުން އެ ކާރުޚާނާގައި އުޅަނދު އުފެއްދުން ހުއްޓާލަން މަޖުބޫރުވެފައިވާކަމަށެވެ.

ޗެކް ރިޕަބްލިކްގެ އިގްތިޞާދު ބޮޑަށް ބަރޯސާވެފައި ވަނީ ކާރު އިންޑަސްޓްރީއަށެވެ. އެގައުމުން މިހާރު އަންނަނީ ސަޕްލައިގެ މައްސަލަތައް ހައްލުކުރަމުންނެވެ.

ޓޮޔޯޓާއިން ޗެކް ރިޕަބްލިކްގައި ހިންގާ 3 ކާރުޚާނާގެ ތެރެއިން އެއް ކާރުޚާނާ ހިންގާއިރު، މިދިޔަ އަހަރު 202،255 ކާރު އެ ކާރުޚާނާ ވަނީ އުފައްދާފައެވެ. މިއީ އުފެއްދުންތެރިކަން އަހަރުން އަހަރަށް ބަލާއިރު %34.9 އިތުރު އަދެދެކެވެ.

ޗެކް އޮޓޯމޭޓިވް އިންޑަސްޓްރީ އެސޯސިއޭޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ޖުމްލަ އުފެއްދުންތެރިކަން %10.2 އަށް ވަނީ އިތުރުވެފައެވެ.