ޚަބަރު

ރިސޯޓު ތަރައްޤީކުރަން އިތުރު ރަށްތަކެއް ބީލަމަށް


ފަތުރުވެރިކަމަށް އިތުރު ރަށްތަކެއް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިބުރުގައި ހުޅުވާލައިފައިވަނީ 9 އަތޮޅަކުން ފަތުރުވެރިކަމުގެ 14 މަޝްރޫޢެކެވެ.

ފަތުރުވެރިކަމަށް ރަށާއި ފަޅު ދޫކުރުމަށް ހަމަޖެހިފައިވާ އަތޮޅުތައް:

* ހއ އަދި ހދ އަތޮޅު – 3 މަޝްރޫޢު
* މ. އަތޮޅު – 1 މަޝްރޫޢު
* ތ. އަތޮޅު – 1 މަޝްރޫޢު
* ގއ. އަތޮޅު – 2 މަޝްރޫޢު
* ގދ. އަތޮޅު- 3 މަޝްރޫޢު
* ކ. އަތޮޅު – 1 މަޝްރޫޢު
* ފ. އަތޮޅު – 2 މަޝްރޫޢު
* ރ. އަތޮޅު – 1 މަޝްރޫޢު

ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ހުޅުވާލި ރިޒޯޓްތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް މިިސަރުކާރުން އަންނަނީ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އިތުރު ރަށްތައްވެސް ބިޑަށް ހުޅުވާލައިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށްވެސް މިސަރުކާރުން ޚާއްސަ އިސްކަމެއްދެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭވަނީ އައު 5 ރިސޯޓު ހުޅުވާފައެވެ. އަދި މިއަހަރުތެރޭ އައު 9 ރިސޯޓު ހުޅުވިގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.