ޚަބަރު

ފޭދޫގެ ބިން ހިއްކެވުމުގެ މަސައްކަތް މިމަހުގެ 26 ގައި ފަށަނީ


އައްޑޫ ސިޓީގެ ފޭދޫގެ ބިން ހިއްކެވުމުގެ މަސައްކަތް މިމަހުގެ 26 ވަނަ ދުވަހު ފެއްޓެވުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ހައުސިން މިނިސްޓްރީން ވިދާޅުވީ ފޭދޫ ބިން ހިއްކެވުމަށްޓަކައި އީއައިއޭ ނިމި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެފައިވާ ކަމަށާ މި މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ފޭދޫއަށް ފޮނުއްވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ކުރިން 50 ހެކްޓަރުގެ ބިން ހިއްކަވަން ހަމަޖެހިފައިވީނަމަވެސް މިހާރު 64 ހެކްޓަރުގެ ބިން ހިއްކެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މަސައްކަތް ފަށްޓަވާާތާ ހަފްތާއެއްގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ.ބިން ހިއްކެވުމުގެ މަސައްކަތް ނިމުމާއި އެކު ހިއްކި ސަރަހައްދު ހިމާޔަތް ކުރެއްވުމަށްޓަކައި ތޮށިގަނޑެއް ލެއްވުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ފޭދޫގެ ބިން ހިއްކެވުމަށް ނެދަލޭންޑްސްގެ ވަންނޫރު ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ހަވާލުކުރެއްވީ 5 ނޮވެމްބަރު 2015 ގައެވެ.