ޚަބަރު

ނެޓްފްލިކްސް ޝޯވ "ކޯބްރާ ކާއީ" ނިންމާލަނީ


ނެޓްފްލިކްސްގެ މަޤުބޫލު މާޝަލް އާޓްސް ކޮމެޑީ ސީރީޒް "ކޯބްރާ ކާއީ" އޭގެ ކުރިއޮތް 6 ވަނަ ސީޒަނާއި އެކީ ނިންމާލާ ގޮތަށް ހަމަޖައްސައިފިއެވެ.

ނެޓްފްލިކްސް އިން ބުނީ މި ސީޒީޒްގެ 6 ވަނަ ސީޒަން ވަރަށް އަވަހަށް އަންނާނެކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނެތެވެ.

2018 ވަނަ އަހަރު އެންމެ ފުރަތަމަ ޔޫޓިއުބްގައި ގެނެސްދޭން ފެށި "ކޯބްރާ ކާއީ" ގެ ރައިޓްސް ނެޓްފްލިކްސް އިން ހޯދީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން 2021 ވަނަ އަހަރު 3 ވަނަ ސީޒަން އެ ޕްލެޓްފޯމުން ޕްރީމިއާކުރިއެވެ.

މިހާތަނަށް ގެނެސްދިން 5 ސީޒަނާއި އެކީ "ކޯބްރާ ކާއި" ގެ ޖުމްލަ 50 އެޕިސޯޑް ގެނެސް ދީފައިވެއެވެ. މި އަހަރު ގެނެސްދޭ 6 ވަނަ ސީޒަނާއެކީ މި ސީރީޒް ނިންމައިލާއިރު، ސީރީޒްގެ މޭސްތިރިންނަކީ ޖޯޝް ހީލްޑާއި ޖޮން ހާވިޒްގެ އިތުރުން ހޭޑެން ޝްލޮސްބާގެވެ.

ބޮޑު ކާސްޓެއް ހިމެނޭ "ކޯބްރާ ކާއީ" އަކީ އެތައް އެވޯޑެއްވެސް ހޯދާފައިވާ ކާމިޔާބު ސީރީޒެކެވެ.