ޚަބަރު

ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނަކަށް ފަރުވާދެނީ


މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މާލޭގެ ލޮނުޒިޔާރަތް މަގު ޗާރކޯލް ކެފޭ ކައިރިން ހިނގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ޢުމުރުން 30 އަހަރުގެ ޒުވާނަކަށްކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ 00:37 ހާއިރުކަމަށެއެވެ. އަދި މި މާރާމާރީގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަޚަމްތަކެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުއްނެވެ.