ރާއްޖޭގެ ރަށެއްގެ ގޮނޑު ދޮށުން ކިނބުލެއް ފެނިގެން އޭގެ ވީޑިއޯތައް އާއްމުވީ އިއްޔެ ހަވީރުއެވެ. އޭރު ވީޑިއޯތަކުން ފެނުނިއިރުވެސް އޭގެ ބޮޑުކަން އެނގެއެވެ. އެހެންނަމަވެސް އޭރު ހީވީ އެގައި ހުރީ 6 ވަރަކަށް ފޫޓް ހެންނެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށުން އިއްޔެ ހަވީރު ކިނބުލެއް ފެނިގެން އެކަން ރިޕޯޓްކުރުމުން އެމްއެންޑީއެފުން ސެއިލަރުން ޓީމެއް ނުކުމެ އޭތި ހޯދުމުގެ މަސައްކަތް ފެށިއެވެ. ކިނބޫ ފެނުނީ މިއަދު ހެނދުނު 08:30 ގައި އެރަށުގެ ދެކުނު ފަރާތު ފަރުމަތިން މޫދުންނެވެ.
އެމްއެންޑީއެފްގެ ސެއިލަރުންގެ ޓީމުން ކުރި މަސައްކަތުގެ ކިނބޫ އަތުވީ 45 މިނެޓް ފަހުންނެވެ. އޭތި ހިފާ މިން އަޅާ ބެލިއިރު ކުރިން ހީކުރި ވަރަށް ވުރެ އޭތި މާ ބޮޑެވެ. ކިނބުލުގެ ބޮޑު މިނުގައި 14 ފޫޓް 4 އިންޗި ހުއްޓެވެ.
ކިނބޫ ހިފި ޓީމަކީ މިއީއެވެ. އާއްމުކޮށް އިންސާނުންނަށް ހަމަލާދޭ، ރާއްޖެއިން ނުފެންނަ މި ޖަނަވާރު ހިފަން މި ޓީމުވެސް ނުކުތީ އޭގެ ފަރާތުން އެހެން ބަޔަކަށް ގެއްލުމެއް ލިބުނަ ނުދީ ސަލާމަތްކުރުމަށެވެ.
ބުރަ މަސައްކަތުން ކިނބޫ ހިފުމަށްފަހު އެއަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް މި ޓީމުން ވަނީ ރައްކާތެރި ހިސާބަށްް އޭތި ދޫކޮށްލާފައެވެ. ކިނބޫ ދޫކޮށްލީ އޭތި ފެނުނު ކ.ބޮލިދުއްފަރުގެ އިރުން 24 ނޯޓިކަލް މޭލު ބޭރަށެވެ.
މީގެކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުން ކިނބޫ ފެނިފައި އެބަހުއްޓެވެ. އެހެންނަމަވެސް މީ މިގޮތަށް ފެނުނު ކިނބޫގެ ތެރެއިން އެންމެ ބޮޑު ކިނބުލެވެ. މާލެ ވިލިމާލެ ފަޅުތެރެއިން ފެނުނު ކިނބުލެއް ކުޑަކުދިންގެ ބަގީޗާގައި ގެންގުޅެފައިވެއެވެ. އާއްމުންނަށްވެސް ފެންނަ ގޮތަށް އޮތް މި ކިނބޫއަށް ވީ ނުވީއެއް ނޭގި ގެއްލުނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އެ ކިނބޫ އެތާ އޮންނަތާ 17 ވަރަކަށް އަހަރުވެދާނެއެވެ. މި ކިނބޫ މަރާލިކަމަށްްވެސް ބުނެ އެ އަޑު ފެތުރެނެވެ. މި ކިނބުލަށް ވީގޮތް ހޯދަން އެ މައްސަލަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަކަށްވެސް ހުށައެޅިއެވެ.
ސޯބު
ކުރިން ގެންގުޅުނު ކިބޫ މަރާލީ ކަމައް އެކަމުގައި ބައިވެރިވި ސިފައިން ގެ ސުޕެޝަލް ފޯސް ކުއްޖަކު ބުނި