ޚަބަރު

ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފާފައި ދޫކޮށްލީ ބޭރު ކަނޑަށް


ކ.ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފުމަށްފަހު އެމްއެންޑީއެފް ކޯސްޓްގާޑުން އޭތި ދޫކޮށްލައިފިއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ.ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން ފެނުނު ކިނބޫ ކޯސްގާޑުން ހިފީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިކިނބޫ ހިފުމަށްފަހު ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރު ދޫކޮއްލާފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައެވެ