ޚަބަރު

ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު ފިލްމަކަށް "ދަ ފޭބްލްމޭންސް"


މިއަހަރު ބޭއްވި 80 ވަނަ ގޯލްޑެން ގްލޯބްސް އެވޯޑުގެ އެންމެ މޮޅު ފިލްމަކަށް ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ ޑްރާމާ ފިލްމު "ދަ ފޭބްލްމޭންސް" ހޮވިއްޖެއެވެ.

ގޯލްޑެން ގްލޯބްސްގައި "ދަ ފޭބްލްމޭންސް" ވަނީ 5 ކެޓަގަރީއަކަށް ނޮމިނޭޓްވެފައެވެ. އެގޮތުން އެންމެ މޮޅު ފިލްމުގެ މަޤާމާއި އެންމެ މޮޅު ޑައިރެކްޓަރުގެ މަޤާމު ސްޕީލްބާގަށް ލިބިފައިވެއެވެ.

"ދަ ފޭބްލްމޭންސް" މޯޝަމް ޕިކްޗާ އެންމެ މޮޅު ޑްރާމާ ފިލްމަށް ވާދަކުރި ފިލްމުތަކުގެ ތެރޭގައި ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އާއި "އެލްވިސް" އާއި "ޓާރް" އަދި "ޓޮޕް ގަން: މެވެރިކް" ހިމެނެއެވެ.

މީގެއިތުރުން މި އެވޯޑުގެ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ މަޤާމު ލިބިފައި ވަނީ އަވަށްޓެރި އިންޑިއާގެ ތަމަޅަ ފިލްމު "އާރްއާރްއާރް" ގެ ލަވަ "ނާޓޫ ނާޓޫ" އަށެވެ.

އިނގިރޭސީންނާ ދެކޮޅަށް 1920 ގެ ތެރޭގައި ނުކުންނަ ހިތްވަރު ގަދަ ދެ ޒުވާނެއްގެ ވާހަކަ ކިޔައިދޭ "އާރްއާރްއާރް" ގެ ކާސްޓުގައި ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ހިމެނެއެވެ. އަދި އާލިއާ ބަޓާއި އަޖޭ ދޭވްގަން ވެސް މުހިއްމު ރޯލުތަކުން ފެނިފައިވެއެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އެސްއެސް ރާޖަ މޯލީއެވެ.

ގޯލްޑެން ގްލޯބްސްގެ އެވޯޑުތައް ޙާޞިލުކޮށްފައިވާ ފަރާތްތައް:

* ބެސްޓް ޕިކްޗާ، މިއުޒިކަލް/ކޮމެޑީ: ދަ ބެންޝީންސް އޮފް އިނިޝެރިން
* މޮޅު ސްކްރީންޕްލޭ؛ މޯޝަން ޕިކްޗާ: ދަ ބެންޝީންސް އޮފް އިނިޝެރިން
* މޮޅު ބަތަލު، މޯޝަން ޕިކްޗާ، ޑްރާމާ: އޮސްޓިން ބަޓްލާ (އެލްވިސް)
* މޮޅު ބަތަލާ، މޯޝަން ޕިކްޗާ، ޑްރާމާ: ކޭޓް ބްލެންޝެޓް (ޓާރް)
* މޮޅު ބަތަލު، މިއުޒިކަލް/ކޮމެޑީ: ކޮލިން ފެރެލް (ދަ ބެންޝީންސް އޮފް އިނިޝެރިން)
* މޮޅު ބަތަލާ، މިއުޒިކަލް/ކޮމެޑީ: މިޝެލް ޔިއޯ (އިވްރީތިން އިވްރީވެއާ އޯލް އެޓް ވަންސް)
* މޮޅު ސަޕޯޓިން އެކްޓަރު، މޯޝަން ޕިކްޗާ: ކީ ހޫ ކުއާން (އިވްރީތިން އިވްރީވެއާ އޯލް އެޓް ވަންސް)
* މޮޅު ސަޕޯޓިން އެކްޓްރެސް، މޯޝަން ޕިކްޗާ: އެންޖެލާ ބެޒޭ (ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ)
* މޮޅު ބޭރު ފިލްމު: އާޖެންޓީނާ 1985 (އާޖެންޓީނާ)
* މޮޅު އޮރިޖިނަލް ލަވަ، މޯޝަން ޕިކްޗާ: ނާތޫ ނާތޫ (އާރްއާރްއާރް)
* މޮޅު އެނިމޭޓެޑް ފިލްމު: ޕިނޯކިއޯ (ގްލިމޯ ޑެލް ޓޯރޯ)
* މޮޅު ޓީވީ ސީރީޒް، ޑްރާމާ: ހައުސް އޮފް ދަ ޑްރެގަން (އެޗްބީއޯ)
* މޮޅު ޓީވީ ސީރީޒް، މިއުޒިކަލް/ކޮމެޑީ: އެބޮޓް އިލެމެންޓްރީ (އޭބީސީ)

ގޯލްޑެން ގްލޯބް އެވޯޑްސް އަކީ އޮސްކާ އެވޯޑް ފިޔަވައި ފިލްމީ އުފެއްދުންތަކަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ މާރިޗު 12 ގައެވެ.