ނީލަން ފިހާރައިގައި ރޯވެ އަނދަމުން ދަނީއެވެ. ޢެތަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. ޢަލިފާން ނިންވުމުގައި އެމްއެންޑީއެފްގެ ފަޔަރ ޓީމު ދަނީ ހަރަކާތްތެރިވަމުންނެވެ.
ޢަލިފާންގަނޑު މިހާރުވެސް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ކައިރީގައި ހުރި ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބީ އިމާރާތަށްވެސް ވަނީ ފެތުރިފައެވެ. ތަނުން އެއްޗެހި ގޮވާ އަޑުވެސް އިވެމުންދެއެވެ.
ނީލަން ފިހާރައިގެ ތިން ބްލޮކެއްގައި މިހާދިސާގައިވަނީ ރޯވެފައެވެ. އެމްއެންދީއެފްއިން އެންމެފަހުން ހާމަކުރެއްވި ގޮތުގައި ނީލަން ފިހާރައިގެ އުތުރު ފަޅިން އިމާދުއްދިން ސްކޫލާ ދިމާއިން ފެތުރެމުންދިޔަ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ.
އަލިފާން ރޯވި ތިން ބްލޮކްގައި ތިބީ މުޅިންވެސް ބިދޭސީން ކަމަށާއި، އެއީ މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ކަމަށާއި، މިހުރިހާ އެންމެންވެސް އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިންވަނީ ހާމަކުރައްވާފައެވެ.
މިއަލިފާން ނިއްވުމުގައި 100 އެއްހާ ފަޔަރަ ފައިޓަރުން ހަރަކާތްތެރިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އަލިފާން ނިއްވުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސްދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިއަލިފާން އަވަހަށް ފެތުރިފައިވަނީ އެތަނުގައި ހުރީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނަށް ވުމުންކަމަށާއި އަލިފާން ކޮންޓްރޯލް ކުރުމުގައިވެސް މިއީ ދިމާވީ ދަތިކަމެއް ކަމަށް އެމްއެންޑީއެފްއިންވަނީ ހާމަކުރައްވާފައެވެ. އަދި އެސަރަހައްދުގައި ވެހިކަލްތަކާއި މަގުތަކުގައި ޕާކިން ހުރި ގޮތުންވެސް އަލިފާން ނިއްވުމުގައި ގޮންޖެހުންތައް ކުރިމަތިވި ކަމަށްވަނީ ހާމަކުރައްވާފައެވެ.
ޢިތުރު ތަފްސީލު އަންނަނީ ...