ގދ. ފިޔޯރީ ސްކޫލްގެ ބައު ހޯލް އިމާރާތުގައި އަލިފާން ރޯވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މިހާދިސާ ހިނގީ ސްކޫލް ބަނދު ވަގުތެއްގައި ކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަދި ކުއްޖަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
އަލިފާން ރޯވި އިމާރާތުގައި 5 ކްލާސް ރޫމް ހުރެއެވެ. އޭގެ ތެރެއިން 3 ކްލާސް ރޫމަކީ ދަރިވަރުން ކިޔަވާ ކްލާސް ރޫމްތައް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
ފިޔޯރީ ސްކޫލްގައި ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
އެމްއެންޑީއފްއިންވެސްވަނީ ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުން އެރަށަށް ދިއުމަށް ތައްޔާރުވަމުން އަންނަކަން ހާމަކުރައްވާފައެވެ. ތިނަދޫއިން ފިޔޯރީއަށް ދިއުމަށް 45 ވަރަކަށް މިނިޓް ހޭދަވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ތަފްސީލް އަންނަނީ...