ޚަބަރު

11 ކިލޯ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި


11 ކިލޯ މަސްތުވާތަކެއްޗާއެކު މާލެ ސަރަހައްދުން 4 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރުކުރީ އިއްޔެ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ މި އޮޕަރޭޝަނުގައި މާލޭގެ އެއް ތަަނަކާއި ހުޅުމާލޭގެ 4 ތަނެއް ބަލައި، ފާސްކޮށް، 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެވުނުކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 4 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށެވެ.