ޚަބަރު

ނިޒާމުގެ ބަންދަށް 60 ދުވަސް!


މަރުގެ މައްސަލައެއްގެ ތުހުމަތަށް ފުލުހުން އިއްޔެ ހައްޔަރުކުރި ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްގެ ބަންދަށް 60 ދުވަސް ކޯޓުން ޖަހައިފިއެވެ.

މުޙައްމަދު ނިޡާމްއަކީ ގެއްލިގެން ރިޕޯޓްކޮށްގެން ފުލުހުން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާ އިއްޔެ ފެނުނީ ގެސްޓް ހައުސްއެއްގައި ހުއްޓައެވެ. އަދި މަރުގެ ތުހުމަތަކަށް ފުލުހުން ވަނީ އިއްޔެ އޭނާ ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ ނިޒާމްގެ ބަންދަށް ކޯޓުން 60 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

މަރުގެ މައްސަލައެއްގައި ނިޒާމް ހައްޔަރުކުރިއިރު، އޭނާއާއެކު ގެއްލުނުކަމަށް ބުނާ ބަންގްލަދޭޝް މީހާ އަދިވެސް ނުފެނެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް އިއްޔެ ވަނީ ފެނިފައެވެ.