ޚަބަރު

ރައީސް ޞާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސުލްޖުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މި އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ފޯރިއާއެކު ކުރިއަށްދާއިރު ރައީސް ޞާލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ އޮންނާނީ މިރޭ 9:00 ޖަހާއިރު އެމްޑީޕީ ހަރުގޭގައެވެ.

މި އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް މިހާރު ކެމްޕޭން ހަރަކާތްތައް ފައްޓާފައިވާއިރު، މި ހަރަކާތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ޖަލްސާތައް ބޭއްވުމުގެ އިތުރަށް އަތޮޅުތެރެއަށް ދަތުރުތައްވެސް ވަނީ ފަށާފައެވެ. އެގޮތުން ރައީސް ޞާލިހުގެ ކެމްޕޭން ޖަލްސާތައް މިދިޔަ މަހުގެ 22 ވަނަ ދުވަހު ފަށާފައިވާއިރު، އެމަނިކުފާނުގެ ކެމްޕޭން ޓީމުތައްވެސް ދަނީ އަތޮޅުތެރެއަށް ދަތުރުކުރަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާއިރު ޕްރައިމަރީގެ ކަންކަން ބެލުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ހޮވާ ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓުވެސް މިހާރު ވަނީ އާންމުކޮށްފައެވެ.