ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިއަދު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވާނީ މިއަދު ހަވީރު 16:30 ގައެވެ.

މިއަދު ހާވީރު އޮންނަ ނޫސްވެރިންގެ ބައްދަލުވުން ޕީއެސްއެމް ނިއުސްއިން ވަގުތު ގެނެސްދޭނެއެވެ.

ރައީސް އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލު ކުރެއްވީ މި އަހަރުގެ ޖޫން މަހުގެ 08 ވަނަ ދުވަހުއެވެ. އެ ގޮތުން މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި، ރާއްޖެއިން މިކަމަށް އަޅުއްވާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރައްވާފައެވެ.