ޚަބަރު

މަޝްހޫރު ކޮމީޑިއަން އިބްރާހިމްބެ ނިޔާވެއްޖެ


ދިވެހި ކޮމިޑީ ޑްރާމާ "ދިރިއުޅުމަކީ މިއީބާ"ގައި އިބްރާހީމްގެ ނަމުން މަޝްހޫރުވެފައިވާ ކޮމީޑިއަން (އަބްދުﷲ އަލީ) މިއަދު ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

އަބްދުﷲ އަލީ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. އުމުރުން 57 އަހަރުގައި އަބްދުﷲ އަލީ ނިޔާވިއިރު އަންބަކާއި ދަރިން ތިއްބެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ އަލީ އަކީ ފުރަމޭގެ މައްސަލައެއް ހުންނަ މީހެކެވެ. އެނގިފައިވާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު އިންޑިއާގައިވެސް ފުރަމޭގެ ބޮޑު އޮޕަރޭޝަނެއް އޭނާވަނީ ކޮށްފައެވެ.

ދިރިއުޅުމަކީ މިއީބާ ބެލުންތެރިއްނާ ހަމަޔަށް އައީސުރެއް ފެންނަމުންދާ އަދި ބެލުންތެރިންގެ އެންމެ މަގުބޫލްކަމެއް ހޯދި އިބްރާހިމްބެ (އަބްދުﷲ އަލީ)އަކީ މީހުއްނާ ގުޅޭ ވަރަށް ރައްޓެހި މިޒާޖެއްގެ މީހެކެވެ. ގިނަ ބަޔަކަށް އިބްރާހިމްބެ ކަމުދަނީ ދިރިއުޅުމަކީ މިއީބާގެ އިބްރާހިމްބެގެ ރުޅިގަދަ ކެރެކްޓަރ އެވެ. ދިރުއުޅުމަކީ މިއީބާގެ އިތުރުން ބައެއް އިޝްތިހާރުތަކުންވެސް އިބްރާޙީމްބެވަނީ ފެނިގެން ގޮސްފައެވެ.

އިބްރާހިމްބެގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރުނަމާދަށް ފަހު އާސަހާރާ މިސްކިތުގައެވެ.